07 ޖުލައި 2008 ދިވެހިރައްޔިތުންގެ ޕާޓީގެ ކައުންސިލުގެ 35 ވަނަ ބައްދަލުވުން ރޭ (06 ޖުލައި 2008 ދުވަހުގެރޭ ) ޕާޓީ މައި އޮފީހުގައި ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވީ ޕާޓީ އޮފީހުގެ ޖުމްހޫރީ މާލަމުގައި ރޭ 21:00 އިން 23:30 އަށެވެ. ރޭ ޕާޓީގެ މައި އޮފީހުގައި ބޭއްވުނު ޕާޓީގެ ކައުންސިލްގެ 36 ވަނަ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ޕާޓީގެ 35 ވަނަ ކައުންސިލު ބައްދަލުވުމެކޭ އެއްގޮތަށް މައިގަނޑު އެންމެ ކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ރޭގެ ބައްދަލުވުމުގައި ކުރިޔަށް ގެންދެވުނީ ކައުންސިލްގެ 35 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމެވެ. އޭގެ އިތުރުން ޕާޓީގެ ދެވަނަ ޤައުމީޖަލްސާއާ ބެހޭގޮތުން ނުނިމިހުރި ބައެއްކަންތައް ނިންމުމުގައި ކަންތައްތައް ކުރާނެ ގޮތަކާއި ބެހޭގޮތުންނާއި އަދި އެކަންކަން ކުރިއަށް ގެންދާނެ ގޮތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ. އެގޮތުން ރޭގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ މެދުގައި އެކަންކަމާމެދު މަޝްވަރާކުރެވި¡ ވަރަށް މިނިވަންކަމާއެކު ޚިޔާލުފާޅުކުރެވި މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތާއި އެބޭފުޅުންގެ ލާފާފުޅު މެންބަރުންވަނީ ރިޔާސަތަށް އަރުވާފައެވެ.. ........ އިތުރަށް ވިދާޅުވޭ |