Dhivehi Fonts
Downloads
Links

The President's Office

The Parliament

Attorney General's Office

Office of the Commissioner of Elections

 
     

ޕާޓީގެ ކެންޑިޑޭޓް އއ އަތޮޅުގެ ދެރަކަށް ރިޔާސީ ކެންޕޭން ދަތުރުފުޅުގައި ވަޑައިގަންނަވައިފި

19 އޯގަސްޓް / އަންގާރަ
ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލޮބުވެތި ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އއ ގެ ދެރަށަކަށް މިއަދު ރިޔާސީ ކެންޕޭން 2008 ގެ ކެންޕޭން ދަތުރުފުޅުގައި ވަޑައިގެންނެވިއެވެ. މާލޭގެ ބައިނަލް އަޤްވާމީ ވައިގެ ބަނދަރުން އެއަރޓެކްސީގައި ޕާޓީގެ ޒަޢީމް އަދި ރިޔާސީ ކެންޑިޑޭޓް އއ. އަތޮޅު ރަސްދޫއަށް ވަޑައިގެންނެވުމުން ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ޑީއާރުޕީގެ ކެންޑިޑޭޓާއި ރަނިންގމޭޓަށް މަރުޙަބާ ދަންނަވާފައެވެ. ޕާޓީގެ ރެޖިސްޓްރާރ އަދި އިސްތަރުޖަމާން އަލްފާޟިލް އިބްރާޙީމް ޝާފިޢުގެ އިތުރުން ކެންޕޭން ކުރިއަށް ގެންދަވާ ޓީމުގެ ބޭފުޅުންނާއި ރަސްދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަސްދޫ ޖެޓީގައި ތިއްބެވިއެވެ. .......... އިތުރަށް ވިދާޅުވޭ
ދަތުރުފުޅުގެ ފޮޓޯތައް ބައްލަވާލައްވާ!
އއ.ރަސްދޫއަށް ޕާޓީގެ ޒަޢީމް އަދި ރިޔާސީ ކެންޑިޑޭޓް ވަޑައިގެންނެވި ދަތުރުފުޅުގެ ފޮޓޯތައް ބެއްލެވުމަށް މިލިންކަށް ފިއްތަވާލައްވާ!
އއ.ތޮއްޑޫއަށް ޕާޓީގެ ޒަޢީމް އަދި ރިޔާސީ ކެންޑިޑޭޓް ވަޑައިގެންނެވި ދަތުރުފުޅުގެ ފޮޓޯތައް ބެއްލެވުމަށް މިލިންކަށް ފިއްތަވާލައްވާ!

^Top
ރިޔާސީ 2008 ގެ ކެންޕޭނަށް ޑީއާރުޕީގެ ކެންޑިޑޭޓާއި ރަނިންގމޭޓް އަތޮޅުތަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައިވެސް ލިބިގެންދިޔައީ އާދަޔާ ޚިލާފު ތަރްޙީބެއްކަން ކަށަވަރުވެގެން ހިގައްޖެ

17 އޯގަސްޓް / އާދީއްތަ
ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެނޑީޑޭޓް އަލްއުސްތާ މައުމޫން ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ރަނިންގ މޭޓު ދިވެހިރައްޔިތުންގެ ޕާޓީގެ ރަނިންމޭޓު އޮނަރަބަލް ތަސްމީން އަލީ ރިޔާސީ 2008 ގެ ކެންޕޭނަށް ޑީއާރުޕީގެ ކެންޑިޑޭޓާއި ރަނިންގމޭޓްގެ ގޮތުގައި އަތޮޅުތަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައިވެސް ލިބިގެންދިޔައީ އާދަޔާ ޚިލާފު ތަރްޙީބެއްކަން ކަށަވަރުވެގެން ހިގައްޖެއެވެ.......... އިތުރަށް ވިދާޅުވޭ
ދަތުރުފުޅުގެ ފޮޓޯތައް ބައްލަވާލައްވާ!
ރ. މީދޫގައި ކެންޕޭން ކުރިއަށް ގެންދެވުނު ޖަލްސާގެ ފޮޓޯ ބެއްލެވުމަށް މިލިންކަށް
ރ. އުނގޫފާރުގައި ކެންޕޭން ކުރިއަށް ގެންދެވުނު ޖަލްސާގެ ފޮޓޯ އަދި މަރުޚަބާ ބެއްލެވުމަށް މިލިންކަށް
ރ.ހުޅުދުއްފާރަށް ކުރެއްވި ކެންޕޭން ދަތުރުފުޅުގެ ފޮޓޯތައް ބައްލަވާލައްވާ
ނ. ކެނދިކުޅުދޫ އަށް ކެންޕޭން ޓީމު ކުރެއްވި ދަތުރުފުޅުގެ ފޮޓޯ ބައްލަވާލައްވާ
ނ. މަނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ފޮޓޯ ބައްލަވާލައްވާ
ކ. ކާށިދޫއަށް ކުރެއްވިދަތުރުފުޅުގެ ފޮޓޯ ބައްލަވާލައްވާ
ކ. ގާފަރަށް ކުރެއްވިދަތުރުފުޅުގެ ފޮޓޯ ބައްލަވާލައްވާ
ކެންޕޭން ދަތުރުފުޅުން އެނބުރި މާލެވަޑައިގެންނެވުމުން ޕާޓީގެ ހަރަކާތްތެރި މެންބަރުން ކެންޕޭން ވަފުދަށް މަރުޙަބާ ދެންނެވުމަށް ބޮޑުފާލަން ދޮށަށް ވަޑައިގެންނެވިއެވެ. ފޮޓޯ ބައްލަވާލައްވާ

^Top
2008ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ޑީއާރުޕީގެ ޒައީމް ¡ ރައީސް މައުމޫން ޖެހިލުންވެ ވަޑައިގަންނަވާ އެއްވެސް ކެންޑިޑޭޓަކު ނެތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަންބަރު: MO/PS/2008/04
ތާރީޚް: 16 އޮގަސްޓް 2008


2008ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ޑީއާރުޕީގެ ޒައީމް ރައީސް މައުމޫން ޖެހިލުންވެ ވަޑައިގަންނަވާ އެއްވެސް ކެންޑިޑޭޓަކު ނެތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޑީއާރުޕީގެ ޒައީމް ރައީސް މައުމޫން މިގޮތަށް ވިދާޅުވީ މިއަދު މާލޭ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަވީރުގެ ރިޕޯރޓަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖުމުހޫރީން ޕާޓީން ގާސިމް އިބްރާހިމް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް މިހާރު ލިބިފައިވާތީ އާއި އަދި އަމިއްލަ ގޮތުން ރައީސް ކަމަށް ވާދަކުރައްވާ ޑރ.ހަސަން ސައީދު އާއި މިދެބޭފުޅުންނާއި ދޭތެރޭ އެމަނިކުފާނުގެ ވިސްނުންފުޅަކީ ކޮބައިތޯ ދުވަހު ނޫސް ހަވީރުގެ ފަރާތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑިއާރުޕީގެ ޒައީމް ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރަހީމް އާއި ޑރ.ހަސަން ސައީދަކީވެސް އެމަނިކުފާނުގެ ކެބިނެޓްގައި ދުވަސްކޮޅަކު މަސައްކަތް ކޮށްފައިވާ ބޭފުޅުންކަމަށާއި އެބޭފުޅުންގެ ތަޖްރިބާއަށް ބަލާއިރު އެމަނިކުފާނުގެ ތަޖްރިބާ އަކީ ދިވެހި ރައްޔިތުން މާބޮޑަށްވެސް ބަލައިގަންނާނެކަންތަކެއްކަން އެމަނިކުފާނަށް ޔަގީންވާތީ 2008ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކާދޭތެރޭ އެމަނިކުފާނު ޖެހިލުންވެ ވަޑައިނުގަންނަވާކަމަށާއި އަދި ކުރިމަގުގައިވެސް އެމަނިކުފާނު ވިސްނަވަންޖެހިވަޑައިގަންނަވާފަދަ ކެންޑިޑޭޓަކު ނުކުންނަވާނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ.
-----------------

^Top
ޕާޓީގެ ޒަޢީމްގެ ޚާއްޞަ ސްޓޭޓްމެންޓް

15 އޯގަސްޓް 2008
ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލޮބުވެތި ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނޭކަމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުން ދިޔުމާއި ގުޅގެން އެކަމުގެ ހަޤީޤަތް ހާމަކޮށްދެއްވުމަށް ޕާޓީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ޕާޓީގެ ޒަޢީމް 15 އޯގަސްޓް 2008 ދުވަހު ނެރުއްވި ޚާއްޞަ ޕެރެސް ސްޓޭޓްމަންޓް.
To view the statement press this link
^Top
ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓް އެކު އެކުގައި ކެންޕޭން ފައްޓަވައިފި
15 އޯގަސްޓް / ހުކުރު
ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ޕާޓީގެ ލޮބުވެތި ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ރަނިންގމޭޓް އަދި ޕާޓީގެ ނައިބު ޒަޢީމް އަލްފާޟިލް އަހްމަދު ތަސްމީން ޢަލީ 2008 ގެ ރިޔާސީ އިންތިޚާބުގެ ކެންޕެއިނުގެ ޢަމަލީ ބައި ރަސްމީ ކޮށް ފެއްޓެވުމަށްޓަކައި އިއްޔެގެ މެންދުރުފަހު 2:30 ގައި ރ. އަތޮޅަށް ފުރާވަޑައިގަންނަވައިފިއެވެ. ރ. މީދޫގައި ކެންޕޭން ކުރިއަށް ގެންދެވުނު ޖަލްސާގެ ފޮޓޯ ބެއްލެވުމަށް މިލިންކަށް......... އިތުރަށް ވިދާޅުވޭ
^Top
3 ވަނަ މީޑިއާ ބްރީފް އިން

13-08-2008 ގެ މީޑިއާ ބްރީފް އިން ސިޔާސީ ފެންޑާއަށް ތައްޔާރުކުރެވުނު ވީޑިއޯ ބައްލަވައިލަވާ.
^Top
ކެންޕޭން މީޑިއާގެ ނޫސް ބަޔާން / ޕްރެސް ސްޓޭޓްމަންޓް

ނަންބަރު: MO/PS/2008/03
ތާރީޚް: 12 އޮގަސްޓް 2008


މަޖިލިސްގެ ރައީސަކު ހޮވުމަށް 10 އޮގަސްޓްގައި ބޭއްވި ވޯޓުގައި ޑީ.އާރު.ޕީ.އިން ތާއީދުކުރާ ކެންޑިޑޭޓް މޮޅުވެފައިވަނިކޮށް ވޯޓް ބާތިލުކޮށްފައިވަނީ އިންސާފުވެރި ހަމަތަކަކުން ކަމަށް އަޅުގަނޑުމެން ޤަބޫލުނުކުރާ ޙާލަތުގައިވެސް މިއަދު ނެގުނު ވޯޓުގެ ނަތީޖާއިން ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށް ރިޕަބްލިކަން ޕާޓީގެ މެންބަރ އފ. މުޙައްމަދު ޝިހާބު ހޮވިފައިވާތީ އެކަމަށް މަރުޙަބާކިޔަމެވެ.
ކުރިން އެމް.ޑީ.ޕީ.ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވުމަށްފަހު އިންޑިޕެންޑެންޓެއް ކަމަށް އިޢްލާން ކުރައްވާ އަދި މަޖިލިސްގެ މިވޯޓާގާތްކޮށް ދާދިމިދާކަށްދުވަހު ރިޕަބްލިކަން ޕާޓީއާއި ގުޅިވަޑައިގެން މުހައްމަދު ޝިހާބު މަޖިލިސްގެ ޖަލްސާތައް ކުރިޔަށް ގެންދެވުމުގައި ނުފޫޒްތަކުން އެއްކިބާވެ ވަކި ފެންވަރެއްގެ ބައެއްގެ އެކަނިފައިދާއަށް ވުރެ ހުރިހާ ރައްޔިތުންގެ ޙައްޤުގައި މަޖިލިސްގެ ކަންތައްތައް އިންސާފުވެރި ކަމާއެކު ގެންގޮސްދެއްވުމަށް އެދި ދެންނެވީމެވެ. .......... އިތުރަށް ވިދާޅުވޭ

^Top
ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެންޕޭން މީޑިއާ އިން ރަސްމީކޮށް ކޮންމެ ދުވަހަކު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި ޕްރެސްކޮންފަރެންސް ބާއްވަވާނެ
12 އޯގަސްޓް 2008
ޑީއާރުޕީގެ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރަސްމީ ކެންޕޭން މީޑިއާ އިން އިއްޔެއިން ފެށިގެން ހަމަކޮންމެ ދުވަހަކުވެސް ހަވީރު 4:30 ގައި ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށްޓަކައި ޚާއްޞަ ޕްރެސް ބްރީފިންގ އެއް ބާއްވަވާނޭކަމަށް ކެންޕޭނާއި ބެހޭ ޔުނިޓުން މަޢުލޫމާތު ދެއްވާފައިވެއެވެ.
ހ. އަގި / ކަސްތޫރިމަގު - މާލެ ގައި ޤާއިމުކޮށްފައިވާ ޑީއާރުޕީގެ ކެންޑިޑޭޓުގެ ރަސްމީކެންޕޭން މީޑިއާ އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ބްރީފިންގައި ކެންޑިޑޭޓުގެ ފަރާތުން މަޢޫލޫމާތު ދެއްވީ ކެންޕޭންމީޑިއާ ޓީމުގެ ޑެޕިއުޓީ މީޑިއާ މެނޭޖަރ އަލްފާޟިލް ޢަލީ ވަހީދެވެ. ......... އިތުރަށް ވިދާޅުވޭ
^Top
ކެންޕޭން މީޑިއާގެ ނޫސް ބަޔާން

ނަންބަރު: MO/PS/2008/01
ތާރީޚް: 11 އޮގަސްޓް 2008


11 އޮގަސްޓް 2008 ގައި ޓީވީމޯލްޑިވްސްއިން ބޭއްވުމަށް ނިންމާފައިވާ ބަހުސްގައި މައުމޫން 2008 ގެ ކެމްޕެއިނުން ބައިވެރިނުވާން ނިންމައިފީމެވެ.
އަޅުގަނޑުމެންގެ ކެންޑިޑޭޓް¡ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ދިގު އަދި އަގުހުރި ޚިދުމަތްތަކުން ފާޅުކަންމަތީ ޤައުމަށް ލިބިފައިވާ ތަރައްޤީގެ ސަބަބުން¡ ބަހުސްތަކަކާއި ޖަދަލުކުރުންތަކަކާ ނުލާ އަޅުގަނޑުމެންގެ މެސެޖް ރައްޔިތުންނަށް ކާމިޔާބުކަމާއެކު ފޯރުކޮށްދެވޭނެކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މައުމޫން 2008 ގެ ކެމްޕެއިނުން މިވަގުތަށް ބޭނުންވަނީ މިފަދަ ބަހުސްތަކުން އެއްކިބާވެ¡ ރައްޔިތުންނަށް އަޅުގަނޑުމެން ފޯރުކޮށްދޭން ބޭނުންވާ މެސެޖްތައް ސީދާކޮށް ރައްދުކޮށްދިނުމަށެވެ. .......... އިތުރަށް ވިދާޅުވޭ

^Top
ޕާޓީގެ ކެންޑިޑޭޓޫގެ ރިޔާސީ ކެންޕޭން ރަސްމީކޮށް ލޯންޗް ކުރުން ބޭއްވުނީ އަލިމަސްކާނިވަލުގެ އޯޕަން ސްޓޭޖުގައި

9 އޯގަސްޓް 2008 ހޮނިހިރު
މާތްﷲ ވާގިފުޅާއިއެކު ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުން ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އެމަނިކުފާނުގެ ރިޔާސީ ކެންޕޭން 2008 ރަސްމީކޮށް ފައްޓަވައިފިއެވެ. ރޭ އަލިމަސް ކާނިވަލުގައި ފެއްޓެވި މިރަސްމިއްޔާތު ވެގެންދިޔައީ ދިވެހިރާއްޖޭގެ ވެރިކަމަށް ފޫނަގަމުންގެންދާ ތަޖުރިބާއެއްނެތް ހުރިހާ ފަރާތްތައް ސިއްސުވާލި ކެންޕޭނަކަށެވެ. އިދިކޮޅު ބައެއްފަރާތްތަކުން ބޮނޑިބަތް ކައްކައިގެން މާލޭގެ އެކިއެކި ހިސާބުތަކުގައި ބޮނޑިބަތްކޮޅެއް ކާލަދޭން އައުމަށް މީހުންނަށް ހަންޖަހަމުން ދިޔަކަމުގައި ވިޔަސް ދިވެހިރައްޔިތުން ސާބިތުކަމާއި އެކު ތިބީ މިހާރުގެ ރައީސް އަދި ދިވެހިރައްޔިތުންގެ ޕާޓީގެ ޒަޢީމާއި އެކުގައިކަން ވަނީ ހާމަކޮށްދީފައެވެ. ކެންޕޭން ލޯންޗުގެ ފޮޓޯ އަލްބަމް ބެއްލެވުމަށް މިލިންކަށް
.........
އިތުރަށް ވިދާޅުވޭ
^Top
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޕޭން ރަސްމީކޮށް ޑީއާރުޕީން ފެށީ 08.08.08 ގައި

ހޮނިހިރު 9 އޯގަސްޓް 2008
ޕާޓީގެ ކެންޑިޑޭޓު އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ކެންޑިޑޭޓުގެ ރަނިންމޭޓް އޮނަރަބަލް އަޙްމަދު ތަސްމީން ޢަލީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގެން ރަސްމީ ކޮށް ކެންޕޭން އިފްތިތާޙްކުރުން ރޭ އަލިމަސްކާނިވާލުގެ އޯޕަން ސްޓޭޖްގައި ކުރިއަށްދިޔައެވެ. މި މުހިންމު ހަފްލާއަށް ވުރެ ކުރީން 08.08.08 ވަނަ ދުވަހަށް އިރު އެރުމުގެ ކުރީން ޕާޓީގެ މެންބަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ މެންބަރުން ވަނީ ޕާޓީގެ ކެންޑިޑޭޓަށް ނަޞްރު އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ޚާއްޞަ ދުޢާއެއް ދަންނަވާފައެވެ
ލޮރީ ބުރުގެ ފޮޓޯ އަލްބަމް ބެއްލެވުމަށް މިލިންކަށް ފިއްތަވާލައްވާ.. ......... އިތުރަށް ވިދާޅުވޭ
^Top
ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި، ރަނިން މޭޓު ޕާޓީގެ ދިވެހިމާލަމުގައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕާޓީތަކާއި ވަކިވަކި ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ރަނިންގމޭޓަކު ޢައްޔަންކުރެވިފައިވާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީއެވެ. ޕާޓީގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނޭފަދައިން މި މަހުގެ 5ވަނަ ދުވަހުގެރޭ ބޭއްވުނު ޕާޓީގެ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގައި ޕާޓީގެ ކެންޑިޑޭޓުގެ ރަނިންމޭޓެއްގެ ގޮތުގައި އިއްތިފާޤުވެވިފައިވަނީ ޕާޓީގެ އެއް ނާއިބު ޒަޢީމް ކަމުގައިވާ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއެވެ. ......... އިތުރަށް ވިދާޅުވޭ
^Top

އާ ޤާނޫން އަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދިވެހިރައްޔިތުންނާއި މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ބައްލަވައިލައްވާ.
^Top
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫން އަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިފި
7 އޯގަސްޓް 2008
ދިވެހިރާއްޖޭގެ ޤާނޫން އަސާސީ އިޞްލާޙްކުރެއްވުން މަތިކޮށް ރައްޔިތުންގެ ޚާއްޞަ މަޖިލީސް އެކުލަވާލެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. 9 ޖޫން 2004 ގައި އެމަނިކުފާނު އިޢްލާން ކުރެއްވި ސިޔާސީ އިޞްލާޙީ އެޖެންޑާގެ އެންމެ އުސް ތަނބެއްގެ ގޮތުގައި ހިމެނުއްވީ ދިވެހިރާއްޖެއަށް ސިޔާސީ އިޞްލާޙްތަކުގެ ފޮނިމީރުކަން ލިއްބައިދޭނޭ ފުރިހަމަ ޤާނޫން އަސާސީއެއް ގެނެސްދެއްވުމެވެ. މިއަދު ހިޖްރީ ސަނަތުން ހާހާއި ނުވަސަތޭކަ އޮނަތިރީސް ވަނައަހަރުގެ ޝަޢުބާން މަހުގެ 6 ވަނަ ދުވަހު މީލާދީ ސަނަތުން ދެހާސް އަށް ވަނަ އަހަރުގެ އޯގަސްޓުމަހުގެ 7 ވަނައަށްވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ގަޑި 32 މިނެޓު 32 ވަނަ ސިކުންތުގައި ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތަސްދީޤް ކޮށް ދެއްވި ދިވެހިންގެ އައު ޤާނޫންއަސާސީގެ ސަބަބުން ދިވެހީން ސިޔާސީ ގޮތުން އާ އުދަރެހަކާއި ކުރިމަތިލީއެވެ. ......... އިތުރަށް ވިދާޅުވޭ
^Top
ޑީއާރުޕީގެ ޒަޢީމުގެ ރިޔާސީ ރަނިންގމޭޓަކަށް ޕާޓީގެ އެއްނާއިބް ޒަޢީމް ކަމުގައިވާ އަލްފާޟިލް އަޙުމަދު ތަސްމީން ޢަލީ އިންތިޚާބް ކޮށްފި
5 އޯގަސްޓް 2008
ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވާ ޕާޓީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ރަނިންގމޭޓަކަށް ޕާޓީގެ އެއްނާއިބް ޒަޢީމް ކަމުގައިވާ އަލްފާޟިލް އަޙުމަދު ތަސްމީން ޢަލީ ޕާޓީގެ ކައުންސިލްގެ ވަރަށް މަތީ އަޢުލަބިއްޔަތަކުން އިންތިޚާބް ކުރައްވައިފި. ......... އިތުރަށް ވިދާޅުވޭ
^Top
ޑީއާރުޕީގެ ކައުންސިލްގެ 39 ވަނަ ޖަލްސާ ބާއްވަވައިފި.

05 އޯގަސްޓް 2008
ދިވެހި ރައްޔިތުންގެ ޕާޓީގެ ކައުންސިލްގެ 39 ވަނަ ބައްދަލުވުން 4 އޯގަސްޓް 2008 ވީ ހޯމަދުވަހުގެރޭ ބާއްވަވައިފިއެވެ. މިބައްދަލުވުން އޮތީ ދަރުބާރުގޭ ހަކުރާ މާލަމުގައި 09:00 ގައެވެ. މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.
ޕާޓީގެ ކައުންސިލުގެ މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ލޮބުވެތި ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މިބައްދަލުވުމަށް ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން މާލޭގައި ވަޑައިގެން ތިއްބެވި ގިނަ މެންބަރުން ހާޒިރުވެވަޑައި ގެންނެވިއެވެ. ......... އިތުރަށް ވިދާޅުވޭ

^Top
ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ ތެރެއިން ހުސްވެފައިވާ 3 މަޤާމަށް މެންބަރުން އިންތިޚާބު ކުރައްވައިފި

05 އޯގަސްޓް 2008
ޕާޓީގެ ކައުންސިލްގައި ހިމެނޭ 29 މެންބަރުންގެ ތެރެއިން ޕާޓީގެ ދެވަނަ ޤައުމީ ބައްދަލުވުމުގެ ފަހުން ޕާލިމެންޓްރީ ގުރޫޕުގެ 10 މެންބަރުންގެ ޖާގައިން މަދުވެފައިވާ 3 މެންބަރުން އިންތިޚާބުކުރެއްވުން ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން އިއްޔެ ކުރިއަށްގެންދަވައިފިއެވެ. ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައި ކައުންސިލްގައި ހުސްވެފައިވާ ތިންގޮނޑިއަށް މެންބަރުންގެ ނަންތަކެއް ހުށަހެޅުއްވުމަށްފަހު މެންބަރުންގެ ވޯޓަކުން ތިންމެންބަރަކު ވަނީ އިންތިޚާބުވެވަޑައިގަންނަވާފައެވެ. ......... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 019/2008 A
ތާރީޚް: 2 އޮގަސްޓް 2008



ދިވެހިރާއްޖެއަކީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި އޮންނަ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމް.ޑީ.ޕީ.އިން ކުރަމުންގެންދާ މަސައްކަތްތައް ދިވެހިރައްޔިތުންގެ ޕާޓީއިން ކުށްވެރިކުރަމެވެ.

ދިވެހިރާއްޖޭ¡ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮވެ 43 އަހަރު ކަޑައްތުކޮށް މިހުސްވި ޖުލައި 26 ވަނަ ދުވަހު އެކަމުގެ އުފާ މުޅި ޤައުމު ވަނީ ފާހަގަކޮށްފައެވެ. މިއުފާވެރި މުނާސަބަތަށް ހަފްތާއެއް ނުވަނީސް އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށަށް ރާއްޖެ ގެންދިޔުމަށް ޓަކައި¡ އެމް.ޑީ.ޕީގެ ޕޯރޑިއަމް ގެ ފުރަގަހުގައި ހުރެގެން ދޮން ފަރަންޖީއަކު ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ޝަޢުގެ ވެރިވާ ވާހަކައާއި އެކަންކަމުގައި އެމީހުން އެދޭ ވަކިގޮތަކަށް މި ޤައުމުގެ ކަންތައްތައް ގެންދަން ބޭނުންވާ ކަމަށާއި އަދި އެކަމުގެ އުފާ ޚާސިލު ކުރަން ބޭނުންކަމަށް ވަރަށް ފާޅުގައި ބުނި ބުނުމަކީ ދިވެހި ރައްޔިތުންގެ ޕާޓީއިން ކަންބޮޑުވާ އަދި ހަރުއަޑުން ކުށްވެރިކުރާ ކަމެކެވެ. .......... އިތުރަށް ވިދާޅުވޭ

^Top