Dhivehi Fonts
Downloads
Links

The President's Office

The Parliament

Attorney General's Office

Office of the Commissioner of Elections

 
 
   

Press Release

ޕްރެސް ރިލީސް  
ކެންޕޭން މީޑިއާގެ ނޫސް ބަޔާން / ޕްރެސް ސްޓޭޓްމަންޓް

ނަންބަރު: MO/PS/2008/03
ތާރީޚް: 12 އޮގަސްޓް 2008


މަޖިލިސްގެ ރައީސަކު ހޮވުމަށް 10 އޮގަސްޓްގައި ބޭއްވި ވޯޓުގައި ޑީ.އާރު.ޕީ.އިން ތާއީދުކުރާ ކެންޑިޑޭޓް މޮޅުވެފައިވަނިކޮށް ވޯޓް ބާތިލުކޮށްފައިވަނީ އިންސާފުވެރި ހަމަތަކަކުން ކަމަށް އަޅުގަނޑުމެން ޤަބޫލުނުކުރާ ޙާލަތުގައިވެސް މިއަދު ނެގުނު ވޯޓުގެ ނަތީޖާއިން ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށް ރިޕަބްލިކަން ޕާޓީގެ މެންބަރ އފ. މުޙައްމަދު ޝިހާބު ހޮވިފައިވާތީ އެކަމަށް މަރުޙަބާކިޔަމެވެ.
ކުރިން އެމް.ޑީ.ޕީ.ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވުމަށްފަހު އިންޑިޕެންޑެންޓެއް ކަމަށް އިޢްލާން ކުރައްވާ އަދި މަޖިލިސްގެ މިވޯޓާގާތްކޮށް ދާދިމިދާކަށްދުވަހު ރިޕަބްލިކަން ޕާޓީއާއި ގުޅިވަޑައިގެން މުހައްމަދު ޝިހާބު މަޖިލިސްގެ ޖަލްސާތައް ކުރިޔަށް ގެންދެވުމުގައި ނުފޫޒްތަކުން އެއްކިބާވެ ވަކި ފެންވަރެއްގެ ބައެއްގެ އެކަނިފައިދާއަށް ވުރެ ހުރިހާ ރައްޔިތުންގެ ޙައްޤުގައި މަޖިލިސްގެ ކަންތައްތައް އިންސާފުވެރި ކަމާއެކު ގެންގޮސްދެއްވުމަށް އެދި ދެންނެވީމެވެ. .......... އިތުރަށް ވިދާޅުވޭ

^Top
ކެންޕޭން މީޑިއާގެ ނޫސް ބަޔާން

ނަންބަރު: MO/PS/2008/01
ތާރީޚް: 11 އޮގަސްޓް 2008


11 އޮގަސްޓް 2008 ގައި ޓީވީމޯލްޑިވްސްއިން ބޭއްވުމަށް ނިންމާފައިވާ ބަހުސްގައި މައުމޫން 2008 ގެ ކެމްޕެއިނުން ބައިވެރިނުވާން ނިންމައިފީމެވެ.
އަޅުގަނޑުމެންގެ ކެންޑިޑޭޓްˇ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ދިގު އަދި އަގުހުރި ޚިދުމަތްތަކުން ފާޅުކަންމަތީ ޤައުމަށް ލިބިފައިވާ ތަރައްޤީގެ ސަބަބުންˇ ބަހުސްތަކަކާއި ޖަދަލުކުރުންތަކަކާ ނުލާ އަޅުގަނޑުމެންގެ މެސެޖް ރައްޔިތުންނަށް ކާމިޔާބުކަމާއެކު ފޯރުކޮށްދެވޭނެކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މައުމޫން 2008 ގެ ކެމްޕެއިނުން މިވަގުތަށް ބޭނުންވަނީ މިފަދަ ބަހުސްތަކުން އެއްކިބާވެˇ ރައްޔިތުންނަށް އަޅުގަނޑުމެން ފޯރުކޮށްދޭން ބޭނުންވާ މެސެޖްތައް ސީދާކޮށް ރައްދުކޮށްދިނުމަށެވެ. .......... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 019/2008 A
ތާރީޚް: 2 އޮގަސްޓް 2008



ދިވެހިރާއްޖެއަކީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި އޮންނަ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމް.ޑީ.ޕީ.އިން ކުރަމުންގެންދާ މަސައްކަތްތައް ދިވެހިރައްޔިތުންގެ ޕާޓީއިން ކުށްވެރިކުރަމެވެ.

ދިވެހިރާއްޖޭˇ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮވެ 43 އަހަރު ކަޑައްތުކޮށް މިހުސްވި ޖުލައި 26 ވަނަ ދުވަހު އެކަމުގެ އުފާ މުޅި ޤައުމު ވަނީ ފާހަގަކޮށްފައެވެ. މިއުފާވެރި މުނާސަބަތަށް ހަފްތާއެއް ނުވަނީސް އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށަށް ރާއްޖެ ގެންދިޔުމަށް ޓަކައިˇ އެމް.ޑީ.ޕީގެ ޕޯރޑިއަމް ގެ ފުރަގަހުގައި ހުރެގެން ދޮން ފަރަންޖީއަކު ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ޝަޢުގެ ވެރިވާ ވާހަކައާއި އެކަންކަމުގައި އެމީހުން އެދޭ ވަކިގޮތަކަށް މި ޤައުމުގެ ކަންތައްތައް ގެންދަން ބޭނުންވާ ކަމަށާއި އަދި އެކަމުގެ އުފާ ޚާސިލު ކުރަން ބޭނުންކަމަށް ވަރަށް ފާޅުގައި ބުނި ބުނުމަކީ ދިވެހި ރައްޔިތުންގެ ޕާޓީއިން ކަންބޮޑުވާ އަދި ހަރުއަޑުން ކުށްވެރިކުރާ ކަމެކެވެ. .......... އިތުރަށް ވިދާޅުވޭ

^Top
ނޫސްބަޔާން
ނަންބަރު: NR 018/2008 A
ތާރީޚް: 22 ޖުލައި 2008


21 ޖުލައި 2008 ދުވަހުގެރޭ ޢިޝާނަމާދަށްފަހު ބަންޑާރަ މިސްކިތްދޮށަށް މީހުން އެއްކޮށް، މިސްކިތުގެ ޙުރްމަތް ކަނޑާލައި، މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ސަރަޙައްދު ، ސިޔާސީ ހަރަކާތެއް ހިންގުމަށް ބޭނުންކުރި ކުރުމާއި، މިކަމުގައި އެމް.ޑީ.ޕީ. އާއި، އައި.ޑީ.ޕީ. އާއި، އެސް. އެލް.ޕީ. އާއި، މޯލްޑިވްސް ނެޝަނަލް ކޮންގުރެސް ޕާޓީ އާއި، ޢަދާލަތު ޕާޓީގެ ވެރިން އިސްވެތިބެ، އެތައްސަތޭކަ ބަޔަކުލައްވާ ކުރުވި ގަވާއިދާ ޚިލާފު ޢަމަލުތައް، ޑީ.އާރު.ޕީ. އިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. .......... އިތުރަށް ވިދާޅުވޭ

^Top
PRESS RELEASE
Date: 20 th July 2008
Senior DRP delegation conclude historic visit
to New Delhi; meets with top officials of
the ruling Indian National Congress

A senior delegation of the Dhivehi Rayyithunge Party (DRP), led by Mr. Ahmed Faris Maumoon, Special Envoy of the Party Leader and Head of the Maumoon 2008 presidential campaign, returned to Male’ last night after concluding a historic three-day visit to the Indian capital, New Delhi, to meet with top officials of India’s ruling party, the Indian National Congress (INC). ......... Read More
^Top
DRP NATIONAL CONFERENCE MEDIA UNIT
Date: 11th July 2008
NEWS RELEASE

During today’s afternoon session of National conference, the party’s discussed and debated on numbers amendments to various of the current DRP Constitution. The most contentious issue on the proposed amendments among the conference delegates was the motion to reserve one post to a women candidate among the 4 Vice President posts of the party. ......... Read More
^Top
ޑީ.އާރު.ޕީ ގެ ޤައުމީ ޖަލްސާގެ މީޑިޔާ ޔުނިޓް
( ނިވްސް ރިލީޒް )


މިހާރު ދަރުބާރުގޭގައި ކުރިޔަށްދާ ދިވެހިރައްޔިތުންގެ ޕާޓީގެ ޤައުމީ ޖަލްސާގައި އަސާސީ ޤަވަޢިދަށް ބައެއް ބަދަލުތައް ގެނައުމާއި ބެހޭ ގޮތުން މިއަދު މެންދުރު ފަހުގެ ދަންފަޅީގައި ފޯރި ގަދަކޮށް ބަހުޘް ހިނގީ ޕާޓީގެ ހަތަރު ނާއިބް ޒައީމުންގެ މަޤާމުގެ ތެރެއިން އެއްމަޤާމު އަންހެން މެންބަރަކަށް ޚާއްސަ ކުރުމަށް ހުށައެޅި ހުށައެޅުމާއި މެދުގައެވެ. ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަނީސާ ޢަހުމަދް އާއި އަންހެނުންގެ ކައުންސިލްގެ ރައީސާ އާޒިމާ އަބުދުއްޝުކޫރު މިކަމަށް ބާރު އަޅުއްވާ ވާހަކަ ދެއްކެވި އިރު، ބައެއް ފިރިހެން މަންދޫބުންވެސް ތާއިދު ކުރައްވާ ވާހަކަ ދައްކަވާފައިވެއެވެ. ........ އިތުރަށް ވިދާޅުވޭ

^Top
Date: 11th July 2008
“I’m looking forward to leading the DRP
to a resounding victory in the presidential election”,
Leader Maumoon Abdul Gayoom says


His Excellency Mr. Maumoon Abdul Gayoom, Leader of the largest political party in the Maldives, the Dhivehi Rayyithunge Party (DRP), has expressed his firm confidence of victory in the upcoming presidential election. Addressing the delegates at the Party’s Second National Conference, the Party Leader said that he was looking forward to the challenge.......... Read More
^Top

އިޢުލާން


ދިވެހި ރައްޔިތުންގެ ޕާޓީގެ ދެވަނަ ޤައުމީ ޖަލްސާ 2008 ޖުލައި 10 އިން 12 އަށް މާލޭގައި
ބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ. މިޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޕާޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށާއި، ޕާޓީގެ ބައެއް މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވުމާއެކު، މިދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން 3 ޖުލައި 2008 ވާ ބުރާސްފަތި ދުވަހުގެރޭ 10:00 ގެ ކުރިން ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވަން ހުށަހަޅުއްވަން ޖެހޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.


ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވަން ހުށަހަޅުއްވަންޖެހޭ ފޯމު މިއަދުންފެށިގެން،
3 ޖުލައި 2008 އާހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެންދުނު 10:00 އިން 2:00 އަދި ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޕާޓީގެ މައި އޮފީހުން ލިބެން ހުންނާނެއެވެ. އަދި މިފޯމް ޕާޓީގެ ވެބްސައިޓު (www.drp.org.mv) އިން ޑައުންލޯޑް ކުރެއްވެންވެސް ހުންނާނެއެވެ.

ފޯމު ބަލައިގަތުން އޮންނާނީ 3 ޖުލައި 2008 އާހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެންދުނު 10:00 އިން 2:00 އަދި ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޕާޓީގެ މައި އޮފީހުގައެވެ. މިދެންނެވި ގަޑިތަކުގައި ފެކުހުން ފޮނުއްވާ ފޯމުތައްވެސް ބަލައިގަނެވޭނެއެވެ. ފެކްސް ކުރައްވާނީ 3344774 ނަންބަރަށެވެ.
އަދި ދަންނަވަމެވެ. ޕާޓީގެ ދެވަނަ ޤައުމީ ޖަލްސާގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ޝަރުޠުތައް ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވަން ހުށަހަޅުއްވަންޖެހޭ ފޯމުގައި ބަޔާންކުރެވިފައި ހުންނާނެއެވެ.

__________________________
26 ޖުމާދަލްއާޚިރާ 1429
30 ޖޫން 2008
ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވަން ހުށަހަޅުއްވަންޖެހޭ ފޯމުގެ ޕީޑީއެފް ޑައުންލޯޑް ކުރައްވާ
^Top
ޢާންމު ޢިއްލާން


އެކި އެކި ދާއިރާތައް ތަމްސީލްކުރުމަށްޓަކައި ޕާޓީގެ ޚާއްޞަ ގޮފި ހެދުމަކީ ޑީއާރުޕީގެ އަސާސީ ޤަވާޢިދުން ފުރުޞަތު ތަނަވަސްކޮށްދީފައިވާ ކަމަކަށްވުމާއެކު މިކަމަކީ މުހިންމު ކަމެއްކަމަށްދެކެމެވެ. ވީމާ ތިރީގައި މިވާ ދާއިރާތަކުން ޕާޓީގެ ޚާއްޞަ ގޮފިހެދުމަށް އެދިވަޑައިގަންނަވާ މެމްބަރުން އެކަން ޑީއާރުޕީގެ އޮފީހަށް 3 ޖުލައި 2008 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް ހުށަހެޅެއްވުން އެދެމެވެ.
1. ދީނީ ގޮފި
2. އިސް ރަށްވެހިންގެ ގޮފި
3. މަސްވެރިންގެ ގޮފި
4. ދަނޑުވެރިންގެ ގޮފި

29 ޖޫން 2008

^Top
ޢާންމު ޢިއްލާން


އަންނަ ޖުލައިމަހުގެ 10 ން 12 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕާޓީގެ 2 ވަނަ ޤައުމީ ޖަލްސާގެ އެޖެންޑާގައި ޕާޓީގެ އަސާސީ ޤަވާއިދަށް އެއްވެސް އިސްލާޙެއް ގެންނަށްޖެހޭނަމަ އެކަންކުރުމަށް ހިމެނިފައިވެއެވެ.
ވީމާ މިކަމަށް މަގުފަހިކުރުމުގެ ގޮތުން ޕާޓީގެ އަސާސީ ޤަވާޢިދަށް އިސްލާޙެއް ގެންނަށް ޕާޓީގެ އެއްވެސް މެމްބަރަކަށް ފެނިވަޑައިގަންނަވާނަމަ އެއިސްލާޙެއް އަންނަ ޖުލައިމަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕާޓީ އޮފީހަށް ހުށަހެޅެއްވުން އެދެމެވެ.

29 ޖޫން 2008

^Top
ޚާއްޞަ ނޫސް ބަޔާން
ނަންބަރު: NR 002/2008 A
ތާރީޚް: 26 ޖޫން 2008

ރައްޔިތުންގެ ޚާއްޞަ މަޖުލީހުން މާތްﷲގެ ވާގިފުޅާއެކު އައު ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް މިއަދު ނިންމަވާފައިވާތީ ސުބުޙާނަހޫވަތައާލާއަށް ހަމްދާ ޝުކުރުކުރަމެވެ.


ޤާނޫނުއަސާސީ އިސްލާޙްކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް އިޢުލާން ކުރައްވާފައިވާ އިސްލާހީ އެޖެންޑާގެ އެންމެ މުޙިއްމު މަސައްކަތެވެ. އަދި އައު ޤާނޫނުއަސާސީއެއް ރައްޔިތުންގެ ޚާއްޞަ މަޖުލީހުން ފާސްކުރެއްވުމުން މިލިބުނު ކާމިޔާބީއަކީˇ ޑީ.އާރު.ޕީ އަށް ނިސްބަތްވާ ޚާއްޞަ މަޖުލީހުގެ މެމްބަރުން ރެއާއި ދުވާލު ކުރެއްވި މިންނަތް މަސައްކަތްޕުޅުގެ އަގުހުރި ނަތީޖާއެވެ.
.......... އިތުރަށް ވިދާޅުވޭ

^Top

Drp Council |Women's Wing | Youth Wing | Press Release | island Chapters | Spceial Chapters | Sitemap

  Dhivehi Rayyithunge Party © 2008
  Sinamale' - 3
  Galolhu
  Male', Republic of Maldives
  Email: info@drp.org.mv