12 ޖުލައި 2008
ދިވެހި ރައްޔިތުންގެ ޕާޓީގެ ދެވަނަ ޤައުމީ ޖަލްސާގައި، އަންހެނުންގެ ގޮފީގެ ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މިބައްދަލުވުން ބޭއްވުނީ 12 ޖުލައި 2008 ވަނަދުވަހުގެ 11:30 ން 14:05 އަށް ދަރުބާރުގޭ ފަށަނާ މާލަމުގައެވެ.
އަންހެނުންގެ މިބައްދަލުވުން ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އަންހެނުންގެ ގޮފީގެ ރައީސާ އަލްއުސްތާޛާ އާޢިޝަތު އާޒިމާ ޝަކޫރުއެވެ. އެއަށްފަހު އަންހެނުންގެ ގޮފީގެ ނާއިބްރައީސް ކަމުގެ މަޤާމަށް އަލަށް އިންތިޚާބް ވެ ވަޑައިގެންފައިވާ އަލްފާޟިލާ ދުންޔާ މައުމޫން ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ......... އިތުރަށް ވިދާޅުވޭ |